15/07/2026
ފުޓުބޯޅަ ފޯރީގައި ހިނގާ ވަރަށް ނޭދެވޭ ކަމެއް. ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައި ލޭނާރަކީ މަސްވެރިކަން. ކަނޑުރޯދިގެ ނިޢުމަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް މަސްވެރިން ކުރާ ބުރަ މަސައްކަތް އެއީ؛ ހަޑި ހުތުރު ދެރަ މަސައްކަތެއް ނޫން. ކޮންމެ ޓީމެއް ބަލިވުމުން "މަހަށް ފޮނުވައި" މަސްވެރިންނަށް ފުރައްސާރަ ކުރުން ހުއްޓާލަންޖެހޭ. މިއީ ވަރަށް އިޚްލާޞްތެރިކަމާއެކީ އާދޭހާއެކު ހުއްޓާލަން އެދޭ ކަމެއް. އަހަރެންގެ ކިތަންމެ ރަހުމަތްތެރިއެއްގެ ކާފަ، ބައްޕަ، ބޭބެ، ބޮޑުބެ، ޅިޔަނު ނޫނީ ކޮއްކޮ އުޅެނީ މަސްވެރިކަމުގައި. ދޭހާ އަވީގައި ވެހޭހާ ވާރޭގައި. ލޯބޯ ފިއްސަައިގެން ޙަލާލް ގޮތުގައި އެވެރިން ކުރާ މަސައްކަތަށް ފުރައްސާރަ ކުރީމާ ހަމަގައިމުވެސް އެ މީހުންނަށް އަސަރުކުރާނެ. ޖަޒުބާތުގެ މައްޗަށް އިންސާނީ ކަރާމާތާއި ޢިއްޒަތް އިސްކުރަންޖެހޭ. 😊❤️