Cultivos

Cultivos cultural crops turned into products fall into one of four groups: trees, plants food & tools, Fish & food, birds & food.

Roughly 25% of the planet's land is dedicated to crop production, and close to 75% is being used for other things.

Now available
09/05/2026

Now available

https://www.facebook.com/share/p/1Cn1BraBZo/
05/05/2026

https://www.facebook.com/share/p/1Cn1BraBZo/

މެލަން އާއި ކިއުކަމްބާ ހައްދަން ދަސްކުރަން ބޭނުންތަ؟ 🍈🥒

ދަނޑުވެރިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން، ގޭގައި ނުވަތަ ދަނޑުގައި މެލަން އާއި ކިއުކަމްބާ ފަސޭހަކަމާއެކު ހައްދާނެ ގޮތް ދަސްކޮށްދިނުމަށް ބާއްވާ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައެވެ.

މި ޕްރޮގްރާމުގައި ކިޔަވައިދެވޭނެ މައިގަނޑު ބައިތައް:
✅ މުޑުވައް ޚިޔާރުކުރުން
✅ ގަސްތަކަށް ބޭނުންވާ ފެނާއި ކާނާ ދޭނެ ރަނގަޅު ގޮތްތައް
✅ ގަސްތަކަށް ޖެހޭ ބަލިތަކާއި މެނޭޖް ކުރާނެ ގޮތް
✅ ފެންވަރު ރަނގަޅު މޭވާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް

މިއީ އަމިއްލަ ބޭނުމަށް ނުވަތަ ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެއް.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ތިރީގައިވާ ލިންކުން ރެޖިސްޓަރ ކުރައްވާ: https://forms.gle/Hm8gqjBYXCtVv1ia7

20/03/2026

މިއީ މީގެ 14 އަހަރު ކުރިން ފެށުނު އަޅުގަނޑުގެ ދިރިއުޅުމުގެ ވާހަކަ!

އަޅުގަނޑު ކައިވެނި ކުރީ ދެއަތްބަށް. ކައިވެނި ކުރީންސުރެ ދޮށީ އަނބީގެ އުދަގޫތައް ކުރިމަތިވާން ފެށި. ޖެހޭ މައްސަލަތައް ދިގުލާ، ހައްލުނުވެ އެންމެ ފަހުން ދޮށީ އަނބި އަމިއްލައަށް ކޯޓަށް ގޮސް ވަރިވީ. އަޅުގަނޑާއި ކައިވެނި ކުރުމުގެ ކުރިންވެސް އެ ދެމީހުންގެ މެދުގައި އެތައް މައްސަލައެއް ޖެހި، ދެ ފަހަރަށް ވަރިވެ، ކައިވެނި އޮތީ ތިންފަށް ވުމުގެ މަހުމަތީގައި. ވަރިވުމުން ތިންފަށް ވެ ދެން އިތުރަށް ދެމީހުންނަށް ކައިވެނި ކުރެވޭކަށް ނެތް ފަށް ނުކަނޑާ. މިކަމުގެ ރުޅި ވެސް ދޮށީއަނބި ބޭލީ އަޅުގަނޑަށް.

އެ މައްސަލަ ތަކުގެ ތެރޭ އެތައް ދުވަހަކު އުޅެ އެންމެފަހުން ދޮށީ އަނބީގެ ބަހަށް ހެއްލި ފިރިމީހާ އަޅުގަނޑުވެސް ވަރިކޮށްލައިފި. އެކަމަކު އަޅުގަނޑު އެއްކޮށް ދޫކޮށްލާކަށް ބޭނުމެއް ނުވި. އަލުން ކައިވެނި ކުރާނެ ކަމަށް ބުނެ އަޅުގަނޑާއި ދަރިފުޅު ވަކިން އެޕާރޓްމަންޓް އެއް ހިފާ އެތަނަށް ބަދަލު ކުރީ.

އޭގެ ފަހުން، ކައިވެނި ކުރަން ފޯމުލާ ކޮންމެ ފަހަރަކު ފަހު ވަގުތު ކެންސަލް ކުރަނީ. އެންމެ ފަހުން ތިންވަނަ ފަހަރަށް ފޯމުލައި ކޯޓަށް ދާން ފަސް ވަރަކަށް މިނެޓަށް ވީ އިރުވެސް ހަބަރެއް ނުވާތީ އަޅުގަނޑު ގުޅާލައިފިން، ފޯނު އޮތީ ނިންވާލާފަ ގުޅޭނެ އިތުރު ގޮތެއްވެސް ނެތް، ވީ ގޮތެއް ވެސް އަންގާނުލާ. އެ ދުވަހަކީ އަޅުގަނޑު ހިތަށް ވަރަށް އަސަރު ކުރި އެހާމެ ލަދުވެސް ގަތް ދުވަހެއް!

އޭގެ ފަހުން ހަބަރެއް ނުވެ ހަފްތާއެއް ވުމަށް ފަހު އަނެއްކާ ވެސް ގުޅާ އާދޭސް ކޮށް، ތިމަންނަ ބަދަލުވީ ކަމަށް ބުނެ އެތަކެއް ވައުދެއް ވެއްޖެ. އަޅުގަނޑަށް އަނެއްކާވެސް އޭނަގެ ދޮގު ތަކަށް އިތުބާރުކުރެވުނީ. . ހީކުރީ ހަމަ ރަނގަޅުވީ ކަމަށް.

އޭގެފަހުން މިއަދަށް 10 މަސް ވީ، ކައިވެނީގެ ވާހަކަ ނުވެސް ދައްކާ. މިކަމާ އަބަދު ވިސްނި ހާސްކަމެއްގެ ތެރޭ އަޅުގަނޑު ހުންނަން ޖެހެނީ، ހަޔާތުން އެތައް އަހަރެއް ބޭކާރު ވެގެން މި ދިޔައީ، އިންނާނެ ކަމުގެ އުންމީދުގައި.

ތިންފަށް ވެފައި ހުރި ފިރިމީހާގެ ކުރީގެ އަނބިމީހާ އަބަދުވެސް އަޅުގަނޑާއި ދިމާލަށް ބުނާނެ، ”ތިހިރީ އެއް ވަރި ވެފައޭ، ލާހިކެއް ނޫނޭ ދެވަނަ ފަހަރަށް އިންނާކަށް“. އޭނަގެ ނުބައި ބަސްތަކާއި ރޭވުންތައް މިހާ ދަށު ދަރަޖައަކަށް ހިނގައިދާނެ ކަމަކަށް އަޅުގަނޑު ދުވަހަކުވެސް ހިތަކަށް ނާރާ. .

މި ރޯދަ މަހުގެ 20 ވަނަ ދުވަހު އަޅުގަނޑަށް އަންނަނީ ނުދަންނަ ނަމްބަރަކުން ފޯނު ކޯލެއް. ފޯނު ނެގީމަ އެކޮޅުން އަހާލީ އަޅުގަނޑުގެ އަގަކީ ކޮބައިތޯ، ފަހުން އެނގުނު ގޮތުގައި އަޅުގަނޑު ބުރުގާ ނާޅާ ނަގާފަވާ ފޮޓޯ އަކާއެކު އަޅުގަނޑަކީ ހަށި ވިއްކާ މީހެއް ކަމަށް ބުނެ ޓެލެގަރާމް ގްރޫޕް ތަކުގައި ވަނީ ފަތުރާފައި. އެ ފޮޓޯ އަކީ ކުރީގެ ފިރިމީހާ އާއި އެކު ނަގާފައިވާ ފޮޓޯއެއް، ފޮޓޯއިން ފިރިމީހާ ކަނޑާލުމަށް ފަހު އަޅުގަނޑު ވަކިން ލާފަ އިނީ.

މިހާރު ފިރިމީހާ އުޅެނީ ވެސް އެ އަނހެން މީހާ ކައިރީ. ނީންދެ އެއްތަނެއްގަ ދެމީހުން އުޅޭތާ އެތައް ދުވަހެއް ވެއްޖެ. ދޮށީ އަނބި އަޅުގަނޑާއި އަޅުގަނޑުގެ ދަރިންނަށް އެވަރަށް މަލާމަތް ކޮށް ފުރައްސާރަ ކުރޭ. ކުއްތާ ފަދަ ބަސްތަކުން މެނުވީ މުހާތަބު ނުކުރޭ.

އަޅުގަނޑުގެ ބުރުގާ ނާޅާ ފޮޓޯ ލާތީ އެކަން ހުއްޓުވަދޭން ދޮށީ އަނބީގެ ދަރިފުޅު ކައިރީގަ އެދުނީ. ނަމަވެސް މަންމަ ފަދައިން އެކުއްޖާ ވެސް ކުރީ ފުރައްސާރަ. މަންމަ ކަންތައް ކުރަނީ ރަނގަޅަށް ކަމަށް ބުނީ. .

ތިންފަށް ވެފައި އިން ދޮށީ އަތްބަކީ ޓީޗަރެއް. އެކަމާ އޭނަ ވަރަށް ބޮޑާވެ، ފަހުރުވެރިވޭ. އަޅުގަނޑަކީ ތައުލީމެއް ނެތް މީހަކު ކަމުގައި ދެކި އަބަދު ހަޖޫ ޖަހާ. ކަލޭތީ އެއްޗެއް ނުދަންނަ ގަމާރެކޭ ބުނާނީ، އޭނަ ފޮނުވާ ހުތުރު މެސެޖު ތައް ވެސް ”މުޅި ދުނިޔެއަށް“ ދެއްކިޔަސް ހެޔޮ ކަމަށޯ ފޮނުވަނީ. ދުނިޔެއަށް ވެސް އަންގަން ބޭނުމޯ އަޅުގަނޑާއި އަޅުގަނޑުގެ ދަރިންނަށް އޭނަ ކުރާ ނަފްރަތު. މީނަ ގެ ކިބައިން ސަލާމަތެއް ނުވެވުނު، އޭނަ އަކަށް ފިރިމީހާ އާއި ކައިވެނި ކުރެވެން އަންނަނީ ފަށް ކަޑައިން، އެކަމުގެ ރުޅި އަބަދާއި އަބަދު ބާލަނީ.

ކިޔުންތެރިންގެ ފަރާތުން އެދެނީ ހިޔާލަކަށް. އަޅުގަނޑުގެ އަބުރާއި ދަރިންގެ ހައްގުގަ ދެން ކަންތައް ކުރަންވީ ކިހިނެއްތޯ. ދެއަތްބަށް އިނދެގެން އަޅުގަނޑު ފަދައިން ދޮށީ އަނބީގެ އުދަގޫ ޖެހުނު ފަރާތެއް އެބަހުރިތޯ، އަޅުގަނޑު ދެން ކަންތައް ކުރަންވީ ކިހިނެއްތޯ، ހިޔާލެއް ދެއްވާ!!
#ހިޔާލެއްދެއްވާ #އެކަނިވެރިމައިން

09/03/2026
15/02/2026

Address

Mirihi Magu Fahidhoo L. Fonadhoo
Male
15080

Telephone

+9607337746

Website

Alerts

Be the first to know and let us send you an email when Cultivos posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Cultivos:

Share